އިނގިރޭސިވިލާތުގެ ޤައުމީ އެއާރލައިން ބްރިޓިޝް އެއާރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ކުރާ ދަތުރުތައް މި މަހުގެ 29ގެ ނިޔަލަށް ހަފްތާއަކު 4 ދަތުރު ރާއްޖެއަށް ބޭއްވި ނަމަވެސް މި މަހުގެ 30 ފެށިގެން ހަފްތާގެ ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ.
މި ދަތުރުތަކުގައި ބްރިޓިޝް އެއާރވޭސް އިން ބޭނުންކުރާނީ 4 ކުލާހުގެ ބޮއިން-777 މަރުކާގެ މަތިންދާ ބޯޓެވެ.
ބްރިޓިޝް އެއާރވޭސްގެ އިކޮނޮމީ ކުލާހުގެ ޓިކެޓް 1447 ޑޮލަރަށް ލިބެން ހުރި އިރު ޕުރިމިއަމް އިކޮނޮމީ ކުލާހުގެ ޓިކެޓް ލިބެން ހުރީ 3065 ޑޮލަރެވެ. މީގެ އިތުރުން ބިޒްނަސް ކުލާހުގެ ޓިކެޓް 4224 އެމެރިކާ ޑޮލަރަށް އެއާރލައިނު އަންނަނީ ވިއްކަމުންނެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ ބްރިޓިޝް އެއާރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ.
2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަންނަ ޤައުމަކީ އިނގިރޭސިވިލާތެވެ.
Comentários