ރަޝިޔާގެ މަޝްހޫރު ޗާޓަރު އެއާރލައިން އަޒުރު އެއާރގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

އެ އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް މިއަދު ފަށާފައި މި ވަނީ ޔޫކުރެން ހަނގުރާމައާއި ގުޅިގެން މިި އަހަރުގެ މާޗު މަހުގެތެރޭގައި މެދުކަނޑާލުމަށް ފަހުއެވެ.
އަޒުރު އެއާރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވާ އިރު އަޒުރު އެއާރގެ ZF 839 ފުލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ މިއަދު ހެނދުނު ގަޑި 11:19 ހާއިރުއެވެ. އަޒުރު އެއާރއިން މިއަދު އޮޕަރޭޓް ކޮށްފައި ވަނީ ބޮއިން 767-300 މަރުކާގެ 336 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ.
މިއަދު މި ފެށި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ރަޝިއާގެ ވެރިރަށް މޮސްކޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެެވެ.
ރަޝިއާގެ އަޒުރު އެއާރގެ ދަތުރުތައް ރާއްޖެއަށް މިއަދު ފެށި އިރު ރަޝިޔާގެ ޤައުމީ އެއާރލައިން އެއިރޮފްލޮޓުން ހަފްތާގެ ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރު ކުރަމުންދެއެވެ.
Comentarios