crossorigin="anonymous"> crossorigin="anonymous"> crossorigin="anonymous">
top of page

މިއަންމާގެ ފްލައިޓަށް ވަޒަނެއްއަރާ ފަސިންޖަރަކަށް އަނިޔާވެއްޖެ

Writer's picture: Avaitors MaldivesAvaitors Maldives

މިއަންމާގެ ޤައުމީ އެއާރލައިން އެމްއެންއޭ "ޔޫބީ 149" ފްލައިޓް ރަންވޭގައި ޖައްސަން ތައްޔާރުވަނިކޮށް ފްލައިޓަށް ވަޒަނެއްއަރާ ފަސިންޖަރަކަށް އަނިޔާވެއްޖެއެވެ.


މިހާދިސާ ހިނގާފައި ވަނީ ފާއިތުވި ހުކުރުދުވަހު މިއަންމާގެ ޔަންގޮން ސިޓީން ފުރައިގެން ލޮއިކާ ސިޓީ އެއާރޕޯޓްގައި ޖަސަން ތައްޔާރުވަނިކޮށެވެ.


ފުލައިޓްތެރޭ އިން ފަސިންޖަރެއް ކަނާއަތު ކޮލަށް ބުލެޓް ވަޒަނެއް އަރާފައިވާ ކަމަށް މިއަންމާގެ މިލްޓަރީ ކައުންސިލުން ރިޕޯޓްކުރެއެވެ.


މިހާދިސާއާގުޅިގެން އެ އެއާރލައިންގެ ލޮއިކާއަށްކުރާ ދަތުރު ވަނީ ހުއްޓާލާފައެވެ.


ހެނދުނު ގަޑިން 10 ޖަހާއިރު ބަޑީގެ ބާރު އަޑުފަށްގަނޑެއް ލޮއިކާ ސިޓީ އިވުންކަމަށް ބައެއް އާންމު ރައްޔިތުން ބުނެއެވެ.

Comments


©2019  Aviators Maldives

bottom of page