ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ބްރިޓިޝް އެއާރވޭސް އިން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.
އޮކްޓޫބަރ މަހުގެ 14 އިން 29ގެ ނިޔަލަށް ހަފްތާއަކު 4 ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ބެއްވި ނަމަވެސް އޮކްޓޫބަރ މަހުގެ 30 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ މާރޗް މަހާ ހަމައަށް ދުވަހަކު 1 ދަތުރު ބޭއްވުމަށް ވަނީ ނިންމާފައެވެ.
ބްރިޓިޝް އެއާރވޭސްއިން ރާއްޖެއަށް ކުރާ މި ދަތުރުތަކުގައި ބޭނުންކުރާނީ 4 ކުލާހުގެ ބޮއިން-777 މަރުކާގެ މަތިންދާ ބޯޓެވެ.
ބްރިޓިޝް އެއާރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ.
Comments