ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ، ފްލައި ދުބާއީގެ ދަތުރުތައް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް މަޝްވަރާކުރަނީ.

އޭސް ޓްރެވަލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމާ ގުޅޭ ގޮތުން ފްލައި ދުބާއީއާ މިހާރު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އޭސް ޓްރެވަލް މޯލްޑިވްސް އަކީ ފްލައި ދުބާއީ އާއި ސްރީލަންކަން އެއާލައިންސް ހިމެނޭ ގޮތަށް ރާއްޖެއަށް ގިނަ އެއާލައިންތަކެއްގެ ޕެސެންޖާ ސޭލްސް އެޖެންޓެވެ.
2016 ވަނަ އަހަރު އައްޑޫއަށް ދަތުރުތައް ފެށި ސްރީލަންކަން އެއަރލައިންސްއަކީ އަދިވެސް އައްޑޫއަށް ޝެޑިއުލް އިންޓަރނޭޝަނަލް ފްލައިޓްތައް އޮޕަރޭޓްކުރާ ހަމައެކަނި ބައިނަލްއަޤްވާމީ ކެރިއަރއެވެ.
Kommentare