ރާއްޖެގެ ފުރަތަމަ ޕައިލެޓް އިބުރާހީމް ރަޝީދު ރިޓަރޔަ ވުމުގެ ކުރިން ކުރާ އެންމެ ފަހު ފުލައިޓް މިއަދު
- Avaitors Maldives
- May 4, 2023
- 1 min read
ރާއްޖެގެ ފުރަތަމަ އެއާރލައިން ކެޕްޓަން އިބުރާހިމް ރަޝީދު ރިޓަރޔަވުުމުގެ ކުރިން މިއަދު އެމަނިކުފާނުގެ އެންމެ ފަހު ފުލައިޓް ދަތުރުގެ ކުރަމުން އެބަދެއެވެ.

40 އަހަރުގެ އުދުހުމަށް ފަހު މިއަދު ކެޕްޓަން ރަޝީދު ރިޓަރޔާވުމުގެ ކުރިން ކުރާ ފަހު ދަތުރު އެ ކުރައްވަނީ އެއާރލައިން ޓުރާންސްޕޯޓް ޕައިލެޓް ލައިސަންސް 001 ނަންބަރު އަތުގައި އޮވެމެއެވެ.
ކެޕްޓަން އިބުރާހީމް ރަޝީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 1983 ވަނަ އަހަރު އެއާރ މޯލްޑިވްސްގައެވެ.

މީގެ އިތުރުން ރާއްޖޭގެ ދިފާއި ވުޒާރާ އާއި އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮޓޯރިޓީގެ އިތުރުން ވިލާ އެއާރގައިވެސް މަސައްކަތްޕުޅު ކުރެވިއެވެ.
އަޅުގަނޑުމެން ކެޕްޓަން ރަޝީދަށް ސެލިއުޓް ކުރަންމެވެ. އަދި ދާއިރާއަށް އިހްލާތެރިކަމާއެކު ކޮށްދެވި ހިދުމަތަށް ޝުކުރު އަދާކުރަމެވެ. ޝުކުރިއްޔާ!
Comments